Last Updated: June 5, 17:40
Thursday, June 5, 2025
ޚަބަރު

އޮސްޓްރޭލިއާގެ އެމްބަސީއެެއް ރާއްޖޭގައި ހުޅުވައިފި

ރާއްޖޭގައި އޮސްޓްރޭލިއާގެ އެމްބަސީއެއް ހުޅުވައިފި އެވެ.

އެ އެމްބަސީ ގާއިމުކޮށްފައި ވަނީ މާލޭގެ ހޮޓަލެއް ކަމަށްވާ ހޮޓެލް ޖެން ގަ އެވެ.

އިއްޔެ އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްބަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. އެ ރަސްމިއްޔާތުގައި އޮސްޓްރެލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮތީ، އެއް ގައުމަށް އަނެއް ގައުމަށް އިޙުތިރާމު ކުރުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށާއި ރާއްޖޭގައި އެ ގައުމުގެ ހައި ކޮމިޝަނެއް ގާއި މުކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.

ރަސްމިއްޔާތުގައި ރިޗާޑްރާއްޖޭގައި އެމްބަސީއެއް ގާއިމުވުމުން ދައްކުވައި ދެނީ ދެ ގައުމުގެގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ މިންވަރު ކަމަށެވެ.

އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގޮތުން ގުޅުން ގާއިމުކުރީ 1974 ގަ އެވެ.