މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އަށް 135،600 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެތަނުން އެންމެ ފަހުން އާންމުކުރި ޓޫރިސްޓް އެރެވައިލްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އަށް ޖުމްލަ 135،614 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް އައީ 119،873 ޓޫރިސްޓުންނެވެ.
އެހެންވެ މިދިޔަ މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ ނިސްބަތަށް އޭގެ ކުރީ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު 13.1 ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 966،358 ޓޫރިސްޓުން ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 892،243 ޓޫރިސްޓުންނެވެ.
މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަކީ ޗައިނާ (115،802 ޓޫރިސްޓުން)، ރަޝިޔާ (105،059 ޓޫރިސްޓުން)، އިނގިރޭސިވިލާތް (98،695 ޓޫރިސްޓުން)، އިޓަލީ (81،545 ޓޫރިސްޓުން) އަދި (ޖަރުމަން 73،772 ޓޫރިސްޓުން) އެވެ.
ރާއްޖޭގައި މިހާރު 1،195 ތަނަކުން ޓޫރިސްތުންނަށް ހިދުމަތް ދެމުން އަންނަ އިރު، ބެޑް ކެޕޭސިޓީ އަކީ 64،044 އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.