ސްރީ ލަންކާ އިން ރާއްޖެ އަށް ހަދިޔާކުރި ހައިވަކަރު ގަސްތައް ހަދިޔާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެތަނުން ބުނީ މި ގަސްތަކަކީ، ސަރުކާރުން ފަށާފައި އޮތް ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ލަންކާ އިން ހަދިޔާކުރި ގަސްތަކެއް ކަމަށެވެ. އެގޮތުން ރާއްޖެ އިން ވަރަށް ބޮޑަށް މަދުވެފައިވާ ހައިވަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއެކު، ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި އިންދުމަށް ވެސް ގަސް ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ގަސްތަކަށް އެދުނު ރިސޯޓްތަކުގެ ތެރެއިން ކޮންމެ ރިސޯޓަކަށް ދެ ގަސް ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށާއިމީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ގަސްތައް ހަދިޔާ ކުރާނެ ކަމަށެވެ.
ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމާކެއްގެ ގޮތުގައި ފެންނަ ގޮތަށް އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެކެވެ.
މިިނިސްޓްރީން ބުނީ މި މަހުގެ 5 ގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައި، ގަސް އިންދުމުގެ ޙަރަކާތްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ފެށި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 565،000 އަށް ވުރެ ގިނަ ގަސް އިންދާފައިވެ އެވެ.