Last Updated: June 5, 17:40
Thursday, June 5, 2025
މުނިފޫހިފިލުވުން

ޕްރަބާސްގެ 'ރާޖާސާބު' ޑިސެމްބަރު 5 ގައި

މަޝްހޫރު ތެލެގޫ އެކްޓަރު ޕްރަބާސްގެ އާ ފިލްމު "ދަ ރާޖާސާބު" މި އަހަރުގެ ޑިސެމްބަރު މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ނިންމައި، ފިލްމުގެ އާ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ރޮމޭންޓިކް ކޮމެޑީ ހޮރޯ އަކީ ޕްރަބާސް ޑަބަލް ރޯލަކުން ފެންނާނެ އެއްޗެކެވެ.

މި މަހު 16 ގައި ޓީޒާ ދައްކައިލަން ނިންމާފައިވާ "ދަ ރާޖާސާބު" އަކީ މަރޫތީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މީގެ ކާސްޓްގައި މަލްވިކާ މޯހަނަން، ނިދީ އަގަރްވާލް، ސަންޖޭ ދަތު، ރިދީ ކުމާރު، މުރާލީ ޝަރުމާ، އަނޫޕަމް ކޭރް، ޒަރީނާ ވައްހާބް، ޔޯގީ ބާބޫ، ވަރަލަކްޝްމީ ސަރަތުކުމާރު އަދި ޖިއްޝޫ ސެންގުޕްތާ ހިމެނެ އެވެ. އަދި "ދަ ރާޖާސާބު" ގެ ވަރަށް ހާއްސަ ލަވައަކުން ނަޔަންރަތާ ވެސް ފެންނާނެ އެވެ.

"ބާހްބަލީ" ގެ ދެ ފިލްމުން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ހުރާފީ ސައިންސް ފިކްޝަން ފިލްމު "ކަލްކީ: 2898 އޭޑީ" އެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސްޕިރިޓް" އާއި "ކަލްކީ" ގެ ދެވަނަ ބަޔާއި 2023 ގެ "ސަލާރު" ގެ ދެވަނަ ބައިގެ އިތުރުން "ފައުޖީ" ހިމެނެ އެވެ.