Last Updated: June 5, 17:40
Thursday, June 5, 2025
މުނިފޫހިފިލުވުން

ރާޖްގެ "މާލިކް" ގެ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯ ގޭންްގްސްޓާރެއްގެ ރޯލު ކުޅެފައިވާ ފިލްމު "މާލިކް" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޕުލްކިތެވެ. "މާލިކް" ގެ ޕްރޮޑިއުސްކޮށްފައި ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ރަމޭޝް ތައުރާނީ އެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރާޖްގެ "މާލިކް" ގެ ޓީޒާ މިއަދު ދައްކައިލި އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 23 ގައި ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ރޮމޭންޓިކް ކޮމެޑީ "ބޫލް ޗުކް މާފް" އެވެ.