Last Updated: June 5, 17:58
Thursday, June 5, 2025
ޚަބަރު

'ރައްކާ' ކެމްޕޭނަށް 3 ކުންފުންޏެއް

މަގުމަތީގެ ރައްކާތެރިކަމާއި ސަލާމަތްތެރި ކަމަށް ހޭލުންތެރިކަން އުފައްދަން ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދާ "ރައްކާ" ކެމްޕޭނުގެ ޕާޓްނަރުންގެ ގޮތުގައި ތިން ކުންފުންޏަކާ އެކު މިއަދު ސޮއިކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ އެކު އެއްބަސްވުން ހެދީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސްގެ އިތުުރުން އެމްޓީސީސީ އެވެ.

ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީނެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ

ތިން ކުންފުންޏާ އެކު ސޮއިކުރި މި އެއްބަސްވުންތަކުގެ ދަށުން 'ރައްކާ' ގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.