Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ތަހުގީގަކަށް އައްޑޫގެ ޒުވާން އަންހެނަކު ހޯދަނީ

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައ އައްޑޫގެ ޒުވާން އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ މަރަދޫފޭދޫ، ޒެވިއާ، މަރްޔަމް އިޒްވާ ވާފިރު، 25، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އިޒްވާ، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށ ހާޒިރުވުމަށް އަންގާފައިވެ އެވެ.