Last Updated: June 8, 10:07
Monday, June 8, 2026
ޚަބަރު

ޑިފެންސް މިނިސްޓްރީ އަށް 10 ސައިކަލް ހޯދަނީ

ސައިކަލްތަކެއް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ޑިފެންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ބޭނުން ވަނީ 10 ސައިކަލް ކަމަށާއި ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހުގެ 10:30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ހުށަހަޅާ އިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 286ރ. ހުށަހަޅަން ޖެހެ އެވެ.

ބިޑް ސެކުރިޓީގެ މުއްދަތަކީ ހުށަހަޅާ ތާރީޚުން ފަށައިގެން 90 ދުވަހެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ނަމްބަރު 3327881 އާއި ވަޓްސްއެޕާއި ވައިބާ އަދި ޓެލެގްރާމަށް ހާއްސަ ނަމްބަރު 9772601 ގެ އިތުރުން މި މެއިލް [email protected] މެދުވެރިކޮށް ވެސް ހޯދޭނެ އެވެ.