ރާއްޖޭގެ މޫސުން ބަލާ 5 ވަނަ އޮބްޒަވޭޓަރީ، ނ. މާފަރުގައި ގާއިމުކުރަން ނިންމައިފި އެވެ.
ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑު (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް) ގެ ދަށުން ރާއްޖޭގެ މޫސުމާ ބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކް (ޖީބީއޯއެން) ގެ ފެންވަރަށް އަޕްގުރޭޑް ކުރުމަށް ރާއްޖޭގެ މެޓް އޮފީހާއި ޔޫއެންޑީޕީ ގުޅިގެން މަޝްރޫއެއް ހިންގުމަށް ވަނީ ނިންމައިފަ އެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އިއްޔެ ވަނީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
މެޓް އޮފީހުން ބުނީ ހަތަރު އަހަރަށް ކުރިއަށްށް ގެންދާ މަޝްރޫއުގެ ދަށުން، ރާއްޖޭގައި މިހާރު ގާއިމު ކުރެވިފައިވާ ހަތަރު މެޓް އޮފީހުގައި ބަހައްޓާފައިވާ މޫސުމާ ބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށާއި މެޓް އޮފީހުގެ ސެންޓަރެއް މާފަރުގައި ގާއިމު ކުރާނެ ކަމަށެވެ.
Inception workshop for SOFF funded UNEP investment phase was kicked off today.
This milestone marks the mobilization of resources towards establishing Global Basic Observation Network compliancy across Maldives – including a new weather observatory at N. Maafaru. pic.twitter.com/6RdVbNLenw
— Maldives Meteorology (@MetMaldives) June 3, 2025
މި މަޝްރޫއުގެ ދަށުން، އައްޑޫ ގަމުގައި ގާއިމުކޮށްފައިވާވާ ވައިގެ މަތީ ފަށަލަތަކުން މޫސުމާބެހޭ މައުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ވެސް ފެށޭނެ އެވެ. އަދި މޫސުމާބެހޭ ވިއުގަ ރަނގަޅު ފެންވަރުގައި ދެމެހެޓުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީން ޕުރޮގްރާމުތައް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދާނެ އެވެ.
އެހެންވެ މީގެ ސަބަބުން ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ، ދުރާލައި އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާ ވާނެ އެވެ.