ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާ ޕާކް ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެެއް ކަމަށެވެ.
ރޭ 11:00 ޖަހަން އުޅެނިކޮށް ހިންގި މާރާމާރީގައި އަނިޔާވި އިންޑިއާ އަށް ނިސްބަތްވާ މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނަ އަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.