Last Updated: June 6, 21:37
Friday, June 6, 2025
ޚަބަރު

މަސް ހިފަން ފޭބި ފަހުން ގެއްލުނު މީހާ ފެނިއްޖެ

ލ. ގަން ކައިރީގައި އޮންނަ ފަޅު ރަށެއް ކައިރިއަށް މަސް ހިފަން ފޭބި ފަހުން ގެއްލުނު މީހާ ފެނިއްޖެ އެވެ.

ގަމު ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީޯ މިއަދު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސް ހިފަން ދިޔަ މީހަކު ގެއްލިގެން ހޯދަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އެ ރަށު ތުނޑިީ، ފެސްފަރީ، އަބްދުލްސަމަދު މުހައްމަަދު (ސަމަދު) އެވެ.

ސަމަދު މިހާރު ވަނީ ފެނިފައިވާ އިރު، އޭނަ ވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި ސަމަދު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފަ އެވެ.