Last Updated: June 6, 21:37
Friday, June 6, 2025
ޚަބަރު

ނަޝީދު އަލުން ވެރިކަމަށް ކުރިމަތިލަނީ

ދެހާސް އަށާވީހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވީ އެ މަނިކުފާނި ކުރިން ހުންނެވި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުންތަކަކަށް ފޮނުއްވި މެސެޖެއްގަ އެވެ. އޭގައި ނަޝީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟ އެވެ.

"ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދަކީ މިހާރު ދަ ޑިމޮރެކްޓިކް ޕާޓީގެ މެންބަރެކެވެ. އެ ޕާޓީ އަކީ އެ މަނިކުފާނަށް 2023 ގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓް ލިބިވަޑައިނުގަތުމުން "ފިކުރެއްގެ ދިރުން" ގެ ނަަމުގައި ހެދި ފެކްޝަންގެ އިސް ބޭފުޅުން އިސްކޮށް ތިބެގެން އުފެއްދި ޕާޓީއެކެވެ.

ދެހާސް ތޭވީހުގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ވާދަ ވެސް ކުރި އެވެ. އޭރު ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ ކުރީގެ މެބްބަރު އިލްޔާސް ލަބީބެވެ.

ނަޝީދު އަލުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި އިރު، އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ 2008 ނަމަވެސް ދައުރު ފުރިހަމަ ނުކުރައްވައި ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވި އެވެ.

ނަޝީދު މި ވަގުތު ހުންނެވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބޭ ގައުމުތަކުން އެ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.