ކުރިއަށް އޮތް އަޟްހާ އީދު ބަންދާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބާރުބޮޑުވާނެތީ ފުރާ މީހުން ކުރިއާލައި އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.
އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެއާޕޯޓުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާތީ އަދި އެއާޕޯޓަށް ބާރު ބޮޑުކަމުން ޗެކް-އިންއަށް ވަގުތު އޮއްވާ އެއާޕޯޓަށް ދާން އިލްތިމާސްކުރާ ކަމަށެވެ.
އީދު ބަންދު މާދަމާ ފެށޭއިރު މިއަދުން ފެށިގެން ގިނަ ބަޔަކު ދަނީ ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ފުރަމުންނެވެ.
އެމްއޭސީއެލުން ބުނީ ފުރާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.