Last Updated: June 6, 11:16
Friday, June 6, 2025
ޚަބަރު

ޗިކުންގުންޔާ ފެތުރޭތީ ޗުއްޓީތެރޭ ސަމާލުވާން އެދިއްޖެ

ބޮޑު އީދަށް މާލޭގައި ދިރިއުޅޭ މީހުން ޗުއްޓީ އަށް ފުރަނީ - ފޮޓޯ: ސަން

ޗިކުންގުންޔާ މި ދުވަސްވަރު ފެތުރެމުންދާތީ އީދު ބަންދުގައި ދަތުރުކުރާ ފަރާތްތަކުން، އެކަމަށް ސަމާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ދަނީ ހަލުވިކަމާއެކު ފެތުރެމުން ކަމަށާއި މި ބަންދުގައި ދަތުރު ކުރާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެ އެވެ.