ސްކޭމްތަކުން އިތުރު 673،402.60ރ. ފޭރިގެންފައިވާ ކަމަށާއި އޭގެ ތެރެއިން 142،851.90ރ. ހޯދައި ދީފައިވާ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނެފި އެވެ.
މިއީ މިދިޔަ މަހުގެ 27 އިން ފެށިގެން މި މަހުގެ 2 އާ ހަމައަށް ރިޕޯޓްކޮށްފައިވާ ސްކޭމްތަކުގެ މައްސަލަތަކުގައި ހިމެނޭ އަދަދުތަކެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ސްކޭމްގެ 35 މައްސަލަ ހުށަހަޅާފައިވެ އެވެ.
އެންޓި-ސްކޭމް ސެންޓަރުން ބުނި ގޮތުގައި ފޭރިގަތް ފައިސާގެ ތެރެއިން އަނބުރާ ހޯދައި ދެވުނީ ނުވަ މައްސަލައެެއްގައި ހިމެނޭ ފައިސާ ކަމަށާއި އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާގެ ބައެެއް ވެސް ހޯދިފައިވާ ކަމަށެވެ.
އެންމެ ގިނައިން ހުށަހެޅުނު ސްކޭމް މައްސަލަތައް:
* އީ-ކޮމާސް ސްކޭމް: 18 މައްސަލަ
* ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް: 8 މައްސަލަ
* ވިޝިން ސްކޭމް: 5 މައްސަލަ
* ފިޝިން ލިންކް ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމް:
2 މައްސަލަ
ސްކޭމަރުން އެންމެ ގިނައިން ބޭނުންކޮށްފައިވާ ޕްލެޓްފޯމްތައް:
* ފޭސްބުކް މާކެޓްޕްލޭސް (15 މައްސަލަ)
* ވައިބާ (6 މައްސަލަ)
* ފޯނުކޯލް (5 މައްސަލަ)
* ވަޓްސްއެޕް (3 މައްސަލަ)
* ފޭސްބުކް، މެސެންޖާ، ޓެލެގްރާމް، އިންސްޓަގްރާމް، ސްނެޕްޗެޓް (ކޮންމެ ޕްލެޓްފޯމަކުން 1 މައްސަލަ)