އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިންޑިއާގެ ބަތަލާ ހީނާ ޚާން ކައިވެނިކޮށްފި އެވެ.
ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިހާ ކެހެލާތާ ހޭ" ގައި ކުޅުނު އަކްޝަރާގެ ރޯލުން އާންމުންގެ މެދުގައި މަޝްހޫރުވި 37 އަހަރުގެ ބަތަލާ މިއަދު ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ޕްރޮޑިއުސަރު ރޮކީ ޖައިސްވާލްއާ އެވެ.
ދެ މީހުންގެ ކައިވެނީހެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފައިވެ އެވެ.
ކަޝްމީރުގެ ސްރީނަގަރަށް އުފަން ހީނާ އަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ޓީވީ ބަތަލާ އެވެ. އޭނަ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ކަސޯޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަނާއި "ނާގިން" ސީޒަން ފަހެއް ހިމެނެ އެވެ. ހީނާ ވަނީ ބައެއް ރިއަލިޓީ ޝޯތަލުގައި ވެސް ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި "ބިގް ބޮސް" ސީޒަން 11 އާއި "ހަތުރޯން ކޭ ކިލާޅީ 13" ހިމެނެ އެވެ.
ހީނާ ވަނީ ބޮލީވުޑްގެ ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ ވިކްރަމް ބަޓް 2020 ގައި ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ.
އޭނަ އަށް އުރަމަތީގެ ކެންސަރު ޖެހުނުކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަދި އެ ބައްޔަށް މިހާތަނަށް ހީނާ ކުރި ހިތްވަރުގައި އެންމެ ގާތުގައި ހުރި އެކަކީ ވެސް ހަޔާތުގެ މިހާރުގެ ބައިވެރިޔާ ރޮކީ އެވެ.