Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

އައްޑޫގައި ބޮޑު ޖަމާއަތް ސިޓީ ސްކޮއާގައި

މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް އައްޑޫ ސިޓީގައި އޮންނާނީ ހިތަދޫ ސިޓީ ސްކޮއާގައި ކަމަށް އައްޑޫ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ކައުންސިލުން ބުނީ މޫސުން ގޯސްވެ، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރެވޭ ޙާލަތެއް ދިމާވެއްޖެނަމަ، ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށެވެ.

ބޮޑު ޖަމާޢަތުގައި ބައިވެރިވާ ފަރާތްތަކުން ޖަމާޢަތަށް އަންނައިރު މުސައްލައާއި ފެންފުޅިއެއް ހިފައިގެން އައުމަށް ވަނީ އެދިފަ އެވެ.

އީދު ނަމާދުގެ ޖަމާއަތް ފެށޭނީ ހެނދުނު 7 ޖަހާއިރު އެވެ.

ބޮޑު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.