Last Updated: June 6, 21:37
Friday, June 6, 2025
ޚަބަރު

ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ

މާފުށި ޖަލު-- ފޮޓޯ: ދަ ޕްރެސް

މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި މަރުވެފައިވަނީ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސަން (45އ) އެވެ.

މަސްތުވާތަކެތީ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޛުކުރަމުން ދިޔަ މޫސަ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

މޫސާ ޙަސަން މަރުވެފައިވަނީ ރޭ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެ އެވެ.

މޫސާ ޙަސަން މަރުވުމާ ގުޅިގެން އެކަން ވަގުތުން ފުލުހުންނާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.