Last Updated: June 6, 21:22
Friday, June 6, 2025
ޚަބަރު

އީދާ ދިމާކޮށް ގާޒާ އަށް ސަދަގާތް ކުރުމުގެ ފުރުސަތެއް

މާދަމާ ފާހަގަކުރާ އަޟްހާ އީދަށް ގާޒާގައި ދިރިއުޅޭ ރައްޔިތުންނަށް ސަދަގާތް ކުރުމުގެ ފުރުސަތު އުރީދޫން ފަހިކޮށް ދީފި އެވެ.

އެ ކުންފުނީގެ އެމް-ފައިސާ މެދުވެރިކޮށް 162ރ. ސަދަގާތްކޮށްގެން ކޯންޑް ބީފް ދަޅެއް ގާޒާގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭނެ އެވެ. އެމް-ފައިސާ އެކައުންޓް ނަންބަރަކީ 9306501 އެވެ.

އެމް-ފައިސާ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވަގުތުން ސަދަގާތްކުރެވޭނެ އެވެ. އެހެންވެ ފުރުސަތުގެ ބޭނުން ހިފައި ވީހާ ވެސް ގިނަ ބަޔަކު ގާޒާގެ ރައްޔިތުންނަށް ސަދަގާތް ކުރުމުގެ ދައުވަތު ދޭ ކަމަށް އުރީދޫން ބުންޏެވެ.

މި އެހީ ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށެވެ.