Last Updated: June 6, 21:37
Friday, June 6, 2025
މުނިފޫހިފިލުވުން

އެކަތި ބޮޑުބެރުގެ 'އީދު ގޮމާ' ދައްކާލައިފި

ބޮޑު އީދަށް ހާއްސަކޮށްގެން އެކަތި ބޮޑުބެރު ގްރޫޕުން ގެނެސްދޭން ނިންމި އާ ވީޑިއޯ ލަވަ "އީދު ގޮމާ" ނެރެފި އެވެ.

އީދުގެ އުފާ ފާޅުކުރާ މަންޒަރުތަކެއް ދައްކުވައިދޭ މި ލަވަ އަކީ ބ. ކިހާދޫގައި ޝޫޓްކޮށްފައިވާ ލަވައެކެވެ. "އީދު ގޮމާ" ލަވައިން އެކަތައިގެ މެންބަރުންނާ އެކު މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ފެނިގެންދަ އެވެ.

މި ލަވަ ޑައިރެކްޓްކޮށްފައި ވަނީ އޭނަގެ ފިރިމީހާ އަބްދުﷲ މުއާޒް (މުއާ) އާއި ފެޝަން ޑިޒައިނަރު/މޭކަޕް އާޓިސްޓް ސޭންޑީ ގުޅިގެންނެވެ.

"އީދު ގޮމާ" ގެ ނަމުގައި އެކަތި ބޮޑުބެރު ގްރޫޕުން ހިތްގައިމު ވީޑިއޯ ލަވައެއް އާންމުންނަށް ދޫކޮށްލި އިރު، އެ ގްރޫޕުން މި އަހަރުގެ ކުރީކޮޅު "މަރިޔަމް މަލާ" ގެ ނަމުގައި ވެސް ވަރަށް މަގުބޫލުވި ވީޑިއޯ ލަވައެއް ގެނެސް ދީފައިވެ އެވެ.