Last Updated: June 6, 21:37
Friday, June 6, 2025
ޚަބަރު

އެޗްއާރްސީއެމުން ކުރެހުމުގެ މައުރަޒަކަށް ހުޅުވާލައިފި

މި މަހު ފާހަގަކުރާ ދުނިޔޭގެ ވިޒްލްބްލޯ ކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ އެޗްއާރްސީއެމުން ކުރެހުމުގެ މައުރަޒަކަށް ހުޅުވާލައިފި އެވެ.

އެ ކޮމިޝަންގެ ވިޒްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ފަރާތުން އިންތިޒާމުކިރާ ކުރެހުމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް އޮތީ ހުޅުވާލައިފަ އެވެ.

މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު މާލޭގެ އާޓް ގެލަރީގަ އެވެ.

މައުރަޒަށް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 އާ ހަމަށެވެ. ކުރެހުންތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ އެ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.