Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ޕެންޝަން އޮފީހަށް ހުޅުމާލޭގައި 12 ބުރީގެ އިމާރާތެއް

ހުޅުމާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ޕެންޝަން އޮފީހުގެ އޮފީސް ބިލްޑިންގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު ހިންގައިދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ޕެންޝަން އޮފީސް ބިލްޑިން ހަދަން ހަމަޖެހިފައި ވަނީ 10,118.07 އަކަފޫޓްގެ ބިމެއްގަ އެވެ. އެގޮތުން މިކްސް ޔޫޒްޑް އިމާރާތާތެއްގެ ގޮތުގައި ބޭނުން ކުރާނެ މި އޮފީސް އިމާރާތް ވާނީ 7,661.10 އަކަފޫޓްގެ އިމާރާތަކަށެވެ.