ބާރަ ގަައުމެއްގެ މީހުން އެމެރިކާ އަށް ދަތުރު ކުރުން މަނާކޮށްފި އެވެ.
އެގޮތަށް ނިންމީ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ގަރާރަކުންނެވެ.
އެމެރިކާ އަށް ދަތުރުކުރުން މަނާކުރި ގައުމުތަކަކީ އިރާން، އަފްގާނިސްތާން، ޔަމަން، ލީބިއާ، ސޯމާލިއާ، ސޫދާން، މިއަންމާ، ޗާޑް، ރިޕަބްލިކް އޮފް ކޮންގޯ، ގިނީ، އެރިތުރިއާ އަދި ހެއިޓީ އެވެ. މި ގައުމުތަކުގެ ތެރެއިން އިރާނަކީ އެމެރިކާގެ ޓެރަރިޒަމް ލިސްޓްގައި ހިމަނާފައި އޮންނަ ގައުމެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.
ބާރަ ގައުމަކުން އެމެރިކާ އަށް ދަތުތު ކުރުން މަނާކުރުމާ ގުޅިގެން، އެ އުސޫލު ތަންފީޒު ކުރަން ފަށާނީ މި މަހުގެ 9 އން ފެށިގެންނެވެ.
މި ގައުމުތަކުން އެމެރިކާ އަށް ދަތުރު ކުރން ނިންމި ސަބަބެއް ކަމަށް ބުނެފައި ވަނީ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓެރަރިޒަމްގެ ހަމަލާތަކުން ވެސް އެމެރިކާ ރައްޔިތުން ރައްކާތެރިކޮށް، އަމާން ވެއްޓަކަށް މަގުފަހިކޮށް ދިނުން ކަމަށެވެ.