ދެހާސް ތޭވީހުގައި އޯ މައި ގޯޑް (އޯއެމްޖީ) 2 ގެނެސްދިން ޑައިރެެކްޓަރު އަމިތު ރާއީ "އޯ މައި ޑޯގް" ކިޔާ ކުޑަކުދިންގެ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
ޕިންކްވިލާ އިން ބުނީ އާ ކާސްޓަކާ އެކު ހަދާ ފިލްމުގެ ޝޫޓިންގެ 90 ޕަސެންޓް މިހާރު ނިންމާފައިވާ ކަމަށެވެެ. ނަމަވެސް "އޯ މައި ޑޯގް" އާ ބެހޭ އެއްވެސް ތަފުސީލެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
އެހެންވެ ފިލްމު ސިނަމާތަކަށް ގެންނާނެ އިރެއް ވެސް ނޭނގެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "އޯ މައި ޑޯގް" ގެ ހާއްސަ ފެނިލުމެއްގައި "އޯމްއެމްޖީ 2" ގެ މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ޕަންކަޖް ޓްރިޕާތީ ހިމެނެ އެވެ.
އަކްޝޭގެ ކުމާރުގެ ވެސް ރޯލެއް ހިމެނޭ ކޮމެޑީ ޑްރާމާ "އޯމްއެމްޖީ 2" އަކީ 2012 ގެ އޯ މައި ގޯޑް (އޯއެމްޖީ) ގެ ސީކްއެލް އެވެ. އެ ފިލްމު ޑައިރެކްޓްކުރީ އުމޭޝް ޝުކްލާ އެވެ.