ސަރުކާރުން އަންނަ މަހުގެ ތެރޭގައި ޓެކްސީ ލައިންފގެ ހިދުމަތް ތައާރަފު ކުރަން ނިންމާފައިވާތީ އެކަމުގެ ފަހިގެ ތައްޔާރީތައްވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އަންނަ މަހުގެ ތެރޭގައި މި ހިދުމަތް ފަށާ އިރު، އެކަމަށް ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) އެވެ. މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ އީވީތައް ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް މިނިސްޓަރު މުހައްމަދު އަމީން ޒިޔާރަތްކުރައްވައި، އެ ސަރަޙައްދު ބައްލަވާލައްވާ ލައްވާފައިވާ ކަމަށެވެ.
އީ-ޓެކްސީ ލައިންގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްގެން ދޭން ނިންމާފައިވާ އިރު، ހިދުމަތް ވަނީ ތިން ފޭހަކަށް ބަހާލައިފަ އެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. ފަށާނެ އެވެ.
އޭގެފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ. އެގޮތުން އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅު އަދި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގަ އެވެ.
ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް މިނިސްޓަރ އަމީން ޒިޔާރަތްކުރައްވައި، އެ ސަރަޙައްދު ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިންގ… pic.twitter.com/b3nDIAyK2w
— Ministry of Transport and Civil Aviation (@MoTCAmv) June 5, 2025
ޓެކްސީގެ ހިދުމަތް ދޭން ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ފެބްރުއަތީ މަހުގެ 12 ގަ އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ތެރެއަށް ވަންނާނީ މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލަން ސަރުކާރަށް އެތައް ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނަސް، އެ ހިދުމަތް މިހާރު ދޭ އެެހެން ފަރާތްތަކަށް އެކަމުގެ ސަބަބުން ގެއްލުމެއް ނުވާނެ ކަމަށެވެ.