Last Updated: June 7, 13:34
Saturday, June 7, 2025
ޚަބަރު

ބްރޯޑްގެ ކޮމްގެ އެސްޖީގެ މަގާމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އެވެ.

ބްރޯޑްކޮމްގެ އެސްޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ޒީނިޔާ މިދިޔަ މަހުގެ ތެރޭގައ ސަސްޕެންޑްކޮށްފައު ވަނިކޮށް އެ މަހުގެ 25 ގައި ވަކިކުރުމުންނެވެ.

އޭނާމަގާމުން ވަކިކުރީ ބްރޯޑްކޮމްގެ ކޮމިޝަނަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުގެ މުވައްޒަފުންތަކެއް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.