Last Updated: June 8, 05:57
Sunday, June 8, 2025
ޚަބަރު

ދިވެހި ހައްޖާޖީން މިހާރު މިނާގައި

ދިވެހި ހުރިހާ ހައްޖާޖީން ވެސް މިހާރު ތިބީ މިނާގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހައްޖުގެ އެންމެ މާތް ރުކުން ކަމަށްވާ އަރަފާތް ބިމުގައި ހޭދަކުރުމަށް ދިވެހި ހުރިހާ ހައްޖާޖީން އެނބުރި މިނާ އަށް ދިޔަ އިރު، ހުރުހާ ހައްޖުވެރިންގެ ޙާލު ވެސް ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހައްޖުވެރިން މިހާރު ތިބީ މިނާގައި. އެއްވެސް ހައްޖުވެރިޔަކު ގެއްލި ނުވަތަ މަގު އޮޅި މި ފަދަ ކަމެއް މެދުވެރި ވެފައި ނުވޭ." ޝަހީމު ވިދާޅުވި އެވެ.

ރާއްޖެ އިން މިހާރު 1،000 މީހުން ކޯޓާގެ ދަށުން ހައްޖަށް ދިޔަ އެވެ. ހުރިހާ އެންމެން ވެސް ހައްޖަށް މިދިޔަ އަހަރެކޭ އެއްގޮތަށް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.

ދިވެހި ހައްޖާޖީން ސައުދީ އަރަބިއްޔާ އަށް ފުރީ ހަތަރު ދުވަސްމަތިންނެވެ. އެއީ މެއި 26، 27، 29 އަދި 30 ގަ އެވެ.