Last Updated: June 7, 22:18
Saturday, June 7, 2025
ޚަބަރު

ވަށަފަރު މޮނިއުމެންޓް ހުޅުވައިފި

ވަށަފަރުގެ ރަށުރަމްޒެއްގެ ގޮތުގައި ހަދާފާއިފާ މޮނިއުމަންޓް ހުޅުވައިފި އެވެ.

މި މޮނިއުމަންޓް ހުޅުވައިދެއްވީ މިކަމަށްޓަކައި ވަށަފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ނާޒިމް އެވެ.

ވަށަފަރު ރަށުރަމްޒް މޮނިއުމަންޓު ހުޅުއްވައިދެއްވުމަށް ފަހު ނާޒިމް ވިދާޅުވީ މިފަދަ މަސައްކަތްތަކުން ރަމްޒުކޮށްދެނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ރަށުގެ ތަރައްޤީއަށް ގެންގުޅޭ ވިސްނުން ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން މިއިން ވަރަށް ބޮޑަށް ހާމަވެގެންދާކަމަށް ވިދާޅުވި އެވެ.

ވަށަފަރުގައި ހަދާފައިވާ ރަށު ރަމްޒު ނުވަތަ މޮނިއުމަންޓަކީ އެރަށަށް ނިސްބަތްވާ ވަށަފަރު މީހުން އުނބަށް ޖެހުން މިހާދިސާއަށް ބިނާކޮށް ހަދާފައިވާ މޮނިއުމަންޓެކެވެ. މޮނިއުމަންޓުން ފެނިގެން ދަނީ އުނބެއްގެ މަތީގައި ބަހައްޓާފައިވާ ރިޔާނެގި ދޯންޏެކެވެ. އަދި ދޯނި ކައިރީގައި މަޑިއަކާއި ކޯމަހެއްވެސް ހަދާފައިވެއެވެ

މިމޮނިއުމަންޓް ފުރިހަމަވެގެން ދަނީ ދޯނީގެ ކައިރީގައި ހުރި ހުސް އުނބުތަކުންނެވެ. ދޯނި ބަހައްޓާފައިވާ ބޮޑު އުނބު ވަނީ ފެން ފައިބާ ގޮތަށް ފަރުމާކޮށްފަ އެވެ. މުޅި މޮނިއުމަންޓު ދަށުގައި ވަނީ މަސްގެންގުޅޭ ގޮތަށް ޓޭންކެއް ހަދާފަ އެވެ.