Last Updated: June 8, 10:11
Sunday, June 8, 2025
ޚަބަރު

ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވަރުކަން ލިބިއްޖެ

ޔުނައިޑެޓް ނޭޝަންސް (ޔޫއެން)ގެ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދީފި އެވެ.

ފަލަސްތީނަށް ރަސްމީކޮށް އައިއެލްއޯގެ އޮބްޒާވާ ދަރަޖަ ލިބިފައިވަނީ ރާއްޖޭގެ ވޯޓު ހިމެނޭހެން 386 ވޯޓާއެކު އެވެ. އިދިކޮޅަށް ވޯޓް ދިނީ 15 ގައުމަކުންނެވެ.

ޖެނީވާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ވައުދެއް ބައިވެރިވިއިރު، އެ ވަފުދުގައި އިސްކޮށް ހުންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ.

ރައީސް އޮފީހުން ބުނީ އައިއެލްއޯގެ އޮބްޒާވާ ސްޓޭޓުގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ނިންމި ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށެވެ. އަދި އެކަމަށް ވޯޓު ދިނުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން ފަހުރުވެރިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އައިއެލްއޯއަކީ ވަޒީފާގެ ދާއިރާގައި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، އިޖްތިމާޢީ ޢަދުލު އިންސާފު ޤާއިމުކުރުމަށް މަސައްކަތްކުރާ އ.ދ.ގެ ޚާއްޞަ އޭޖެންސީއެކެވެ.