Last Updated: June 9, 09:59
Monday, June 9, 2025
ޚަބަރު

ޑްރަގް އެތެރެކުރި ބިދޭސީންތަކެއް ދޫކޮށްލައިފި

ދާދި ފަހުން ކަނޑުމަގުން ރާއްޖެ އަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ބިދޭސީ 10 މީހުންގެ ތެރެއިން އިންޑޮނީޝިއާއަށް ނިސްބަތްވާ ދެ މީހަކު ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން ޝަރުތުތަކާއެކު ދޫކޮށްލީ މުހައްމަދު އިކްބަލް މަކްމުރު، 46، އާއި އެޑްރިއަންސްޔާ، 25، އެވެ.

މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތު އަމާޒުވާ މުހައްމަދަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ ޗީފް އޮފިސަރެވެ. އޭނަގެ މުއްދަތު ޖެހުމަށް ގެނައި ހަވަނަ ފަހަރު ބަންދުން ދޫކޮށްލީ ފެނުނު މަސްތުވާތަކެއްޗާއި އޭނައާ ސީދާ ގުޅުވާލެވޭ ހެއްކެއް ފުލުހުންނަށް ހުށަހަޅައިދެވިފައި ނުވާތީ އެވެ.

އެޑްރިއަންސްޔާއަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ އިންޖިނިއަރެވެ. އޭނައާ މައްސަލައާ ގުޅުވައި ދެވޭވަރުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް ބަންދުން ދޫކޮށްލި އަމުރުގައިވެ އެވެ.

މުހައްމަދާއި އެޑްރިއަންސްޔާ ބަންދުން ދޫކޮށްލީ 75 ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ބޭތިއްބުމަށް ފަހު އެވެ.

ކަނޑުމަގުން ރާއްޖެއަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި 10 މީހުންގެ ތެރެއިން އިންޑޮނީޝިއާއަށް ނިސްބަތްވާ ދެ މީހަކު ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން އެ ދެ މީހުން ދޫކޮށްލީ ޝަރުތުތަކާއެކު އެވެ. އެއީ އިންޑޮނީޝިއާއަށް ނިސްބަތްވާ މުހައްމަދު އިކްބަލް މަކްމުރު، 46، އަދި އެޑްރިއަންސްޔާ، 25، އެވެ.

މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތު އަމާޒުވާ މުހައްމަދު އިކްބަލް މަކްމުރުއަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ ޗީފް އޮފިސަރެވެ. އޭނާގެ މުއްދަތު ޖެހުމަށް ގެނައި ހަވަނަ ފަހަރު ބަންދުން ދޫކޮށްލީ ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ސީދާ ގުޅުވާލެވޭ ހެއްކެއް ފުލުހުންނަށް ހުށަހަޅައިދެވިފައިނުވާތީ އެވެ.

އެޑްރިއަންސްޔާ އަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ އިންޖިނިއަރެވެ. އޭނާ އާއި މައްސަލައާ ގުޅުވައި ދެވޭވަރުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށް ބަންދުން ދޫކޮށްލި އަމުރުގައިވެ އެވެ.

މުހައްމަދު އިކްބަލް މަކްމުރު އާއި އެޑްރިއަންސްޔާ ބަންދުން ދޫކޮށްލީ 75 ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ބޭތިއްބުމަށް ފަހު އެވެ.

މާޗް މަހުގެ 21 ވަނަ ދުވަހު އަތުލައިގަތް މީހުންގެ ތެރޭގައި ދެން ހިމެނެނީ އިންޑޮނީޝިއާގެ ނަސްވަން އަދިލް 30، ގެ އިތުރުން އިންޑިއާގެ ހަތް މީހެކެވެ.