ގާނާގެ ކުރީގެ ފިނޭންސް މިނިސްޓަރު ކެން އޮފޯރީ-އަޓާ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފި އެވެ.
އޭނަ ހޯދައި ހައްޔަރު ކުރަން ރެޑް ނޯޓިސް ނެރުނީ މަގާމުގައި ހުންނަވައިގެން ނާޖާއީޒު މަންފާ ނެންގެވުމާއި ކޮރަޕްޝަންގެ އެތައް އަމަލުތަކެއް ހިންގަވައި ދައުލަތަށް މާލީ ގޮތުން ދޯފައިވާ އެތައް ގެއްލުންތަކަކާ ފުޅިގެން އުފުލާފައިވާ ދައުވާތަކާ ގުޅިގެންނެވެ.
މިހާރު އުމުރުން 65 އަހަރުގެ އޮފޯރީ ގާނާގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ޖެނުއަރީ 2017 އިން ފެބްރުއަރީ 2024 އާ ހަމައަށެވެ. އޭނަގެ މައްޗަށް ދައުވާތައް އުފުލާފައި ވަނިކޮށް ބޭސް ފަރުވާ އަށް ކަމަށް ވިދާޅުވެ ގައުމުން ބޭރަށް ވަޑައިގެން އުޅުއްވަނީ ފިއްލަވައިގެންނެވެ.
އޮފޯރީ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނީ އޭނަ ހުރި ގައުމަކުން ހައްޔަރުކޮށް، ގާނާއާ ހަވާލު ކުރުމުގެ ބާރު އެ ގައުމެއްގެ ފުލުހުންނަށް ލިބިދޭ ގޮތަށެވެ.
އޮފޯރީ އަކީ ގާނާގެ ވޯންޓެޑް ލިސްޓްގައި ހިމެނޭ ބޭފުޅެކެވެ.