Last Updated: June 8, 18:16
Monday, June 9, 2025
މުނިފޫހިފިލުވުން

ރަންބީރް އަމިއްލަ ސެންޓެއް ނެރެފި

ބޮލީވުޑްގެ ތަރި، ރަންބީރް މިދިޔަ އަހަރު ލޯންޗްކުރި އަމިއްލަ ލައިފްސްޓައިލް ބްރޭންޑް "އާކްސް" އިން އަލަށް ސެންޓް ވެސް ތައާރަފުކޮށްފި އެވެ.

އެ ބްރޭންޑްގެ ސެންޓްގެ ނަމަކީ "އާކްސް ޑޭ" އެވެ.

ރަންބީރް ބުނި ގޮތުގައި މި ސެންޓަކީ ވަރަށް ސާދާ އަދި ވަރަށް ގިނަ ހަނދާންތަކެއް ގެނުވައި ދޭނެ ސެންޓެއް ކަމަށެވެ. އެގޮތުން "އާކްސް ޑޭ" އަކީ އޭގެ ވަސް ޖެހުމާ އެކީ އޭނަގެ ވަރަށް ގިނަ ހަނދާންތަކެއް ވެސް ގެނުވައިދޭ ސެންޓެއް ކަމަށެވެ.

"އެހެންވެ މިއީ ކޮންމެ މީހަކާ ވެސް ވަރަށް ގުޅޭނެ އަދި ވަރަށް ހިތްގައިމު ވަހެއް ގިނައިރުތަކަކަށް ގެނެސްދޭނެ ސެންޓެއް." ރަންބީރް ބުންޏެވެ.

މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ބުނީ "އާކްސް" ގެ ދަށުން އިތުރު އުފެއްދުމެއް ގެނެސްދިނީ ހަމައެކަނި ހެދުމާއި ސްނީކާސް އަށް ހާއްސަވުމުގެ ބަދަލުގައި އާންމު ދިރިއުޅުމުގެ ކޮންމެ ދުވަހަކަށް ބޭނުން އިތުރު އުފެއްދުންތައް ވެސް ގެނެސްދޭން ބޭނުންވާތީ ކަމަށެވެ.

"އާކްސް ޑޭ" އަށް މިހާރު އޯޑަރުކޮށްލެވޭނެ އެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރްގެ ދަރިފުޅު، ރަންބީރަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރެވެ.