Last Updated: June 8, 09:58
Monday, June 8, 2026
ޚަބަރު

މިޝްކާތު ފައުންޑޭޝަށް އެހީވުމުގެ ފުރުސަތެއް

އައްޑޫ ފޭދޫގެ ޖަމިއްޔާއެއް ކަމަށްވާ މިޝްކާތު ފައުންޑޭޝަނުން ހިންގާ ދީނީ އަދި އިޖުތިމާއީ ހަރަކާތްތަކަށް މާލީ ގޮތުން އެހީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެހީ ދޭން ޝައުގުވެރިވާ މީހުންނަށް ޖަމިއްޔާގެ މި އެކައުންޓަށް ފައިސާ ފޮނުވޭނެ އެވެ.

އެކައުންޓް ނަމްބަރު : 7770000075525
އެކައުންޓް ނަން: MISHKAT FOUNDATION

މިޝްކާތު ފައުންޑޭޝަނަކީ އައްޑީގެ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އަކީ އަބަދު ވެސް ދީނީ އިޖުތިމާއީ އެކި ހަރަކާތްތައް އިންތިޒާމުކޮށް ހިންގަމުން އަންނަ ޖަމިއްޔާއެވެ.

އެހެންވެ ޖަމިއްޔާ އަށް މާލީ ގޮތުން އެހީވުމަށްޓަކައި އެ ބަޔަކަށް ވެވުނު މިންވަރަކުން އެހީވުމަކީ މިޝްކާތު ފައުންޑޭޝަންގެ އެދުމެކެވެ.