ބަންގްލަދޭޝްގެ އާންމު އިންތިހާބު އަންނަ އަހަރުގެ އެޕްރީލްގައި ބާއްވަން ނިންމައިފި އެވެ.
މިކަން އިއުލާން ކުރެއްވީ އިއްޔެ ފާހަގަކުރި އަޟްހާ އީދު ދުވަހު ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި އެ ގައުމު އިންތިގާލީ ވެރިޔާ މުހައްމަދު ޔޫނުސް އެވެ. އޭނަ ވިދާޅުވީ އިންތިހާބަށް ތައްޔާރީތައް ވަމުން އަންނާތީ އެކަމާ ގުޅޭ މަގުޗާޓް އިލެކްޝަން ކޮމިޝަނުން ހާމަކުރާނެ ކަމަށެވެ.
"ސަރުކާރުން މަސައްކަތް ކުރާނީ ސިޔާސީ ހުރިހާ ޕާޓީތަކަކާ މަޝްވަރާކޮށް، ވީހާ ވެސް އިންސާފުވެރި ދެފުށް ފެންނަ އިންތިބާހަކަށް މަގުފަހި ކުރުމަށް." ޔޫނުސް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އަންނަ އަހަރުގެ އިންތިހާބަކީ ގައުމަށް ވަރަށް ވެސް މުހިއްމު އިންތިބާހެއް ކަމަށާއި މި އިންތިހާބަކީ އަމާން އޮމާން އިންތިހާބަކަށްވުން ވަރަށް މުހިއްމި ކަމަށެވެ.
ބަންގްދަލޭޝްގެ ބޮޑުވަޒީރުގެ މަގާމުގައު ހުންނެވި ޝައިހް ހަސީނާއާ ދެކޮޅަށް މިދިޔަ އަހަރުގެ ތެރޭގައި ސިލްސިލާކޮށް ކުރިއަށް ގެންދިޔަ ބޮޑެތި މުޒާހަރާތަކާ ގުޅިގެން އޭނަ ވަނީ އޮގަސްޓް މަހުގެ 5 ގައި އިސްތިއުފާ ދެއްވައި ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންފަ އެވެ.
އޭގެ ފަހުން ގައުމު ހިންގެވުމާ ޔޫނުސް ހަވާލުވެވަޑައިަތީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 8 ގަ އެވެ.
ނަމަވެސް ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.