Last Updated: July 15, 14:06
Wednesday, July 15, 2026
ޚަބަރު

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިއަކަށް ހޮވުނީ ކާޖަލް ސިންގް ނަމަކަށް ކިޔާ އިންޑިއާ ފަތުރުވެރިއެކެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަފްލާއެއް ބޭއްވިއިރު، އެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އެމްއޭސީއެލް އަދި އެމްއެމްޕީއާރުސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެއަށް މިހާރު އެވްރެޖުކޮށް ދުވާލަކަށް އަންނަ ފަތުރުވެރިންގެ އަދަދަކީ 4،533 އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމަކީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު 2.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.