Last Updated: June 8, 18:16
Monday, June 9, 2025
ޚަބަރު

ޑަޔަލިސިސް މިހާރު ނުފެށި އޮތީ 6 އަތޮޅެއްގައި

މިހާރު ޑަޔަލިސިސްގެ ހިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ހިދުމަތް ތައާރަފު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވެއްޖެ އެވެ.

ކިޑްނީގެ ބަލީގެ މީހުންނަށް ޑަޔަލިސިސްގެ ހިދުމަތް މިހާރު ނުުފެށި އޮތީ ހަ އަތޮޅެއްގަ އެވެ. އެއީ އއ، އދ، ވ ، މ، ފ އަދި ދ. އަތޮޅެވެ.

އެންމެ ފަހުން އެ ހިދުމަތް ފެށީ ނ. އަތޮޅުގަ އެވެ. އެގޮތުން އެ އަތޮޅު ވެލިދޫ ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ފެށީ އެޕްރީލް މަހުގެ ތެރޭގަ އެވެ.

"ސެޕްޓެމްބަރާ ހަމައަށް ދާންވާ އިރަށް މި ޚިދުމަތް ފުޅާކުރާނަން. އަދި އަޅުގަނޑުމެން ބަލާނަން ވަކި އަދަދަކަށް ވުރެ ޑަޔަލިސިސް ޕޭޝަންޓް ގިނަ ރަށްތައް، ބަލާފައި އެ ރަށްތަކަށް އަމާޒުކޮށްގެން ވެސް ޔައިލިސްސްގެ ޚިދުމަތް ކުރިއަށް ފުޅާކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.