Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

އައްޑޫގައި ކުއްލި މަރެއް، ތަހުގީގު ކުރަނީ

އައްޑޫގައި ރޭ ފަތިހު ކުއްލި ގޮތަކަށް މަރުވި ޒުވާނެއްގެ މަރާ ގުޅޭ ތަހުގީގު ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:00 ގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންދިޔަ މީހަކު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

މަރުވެފައި ވަނީ ވެމްކޯގައި މަސައްކަތް ކުރާ އިބްރާހިމް އަމީން ހަސަންދީދީ އެވެ.

އޭނަ މަރުވުމުގައި ޝައްކުތަކެއް ހުރުމުން އާއިލާއިން ވެސް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާކަން އެނގިފައިވެ އެވެ.