Last Updated: July 15, 14:06
Wednesday, July 15, 2026
ޚަބަރު

މޯލްޑިވިއަންގެ 5 ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފަސްވަނަ އޭޓީއާރު މަތިންދާ ބޯޓު ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަނުން މިއަދު ހަވީރު ރާއްޖެ ގެނެސްފައިވަނީ އޭޓީއާރް 600-42 މަރުކާގެ ބޯޓެކެވެ. މިއީ 46 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މި ބޯޓު ރާއްޖެ ގެނައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަފްލާއެއް ބޭއްވިއިރު، އެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އެމްއޭސީއެލް އަދި އެމްއެމްޕީއާރުސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވިއަނުގެ ފްލީޓުގައި މިހާރު ވެސް ހަތަރު އޭޓީއާރް ބޭނުންކުރެ އެވެ.

އޭޓީއާރް ފްލައިޓްގެ އިތުރުން މޯލްޑިވިއަންގެ ފްލީޓްގައި ޑޭޝް8 މަރުކާގެ ފްލައިޓާއި ސީޕްލޭންގެ އިތުރުން އެއާބަސް ފްލައިޓެއް ހިމެނެ އެވެ.