Last Updated: June 10, 11:38
Tuesday, June 10, 2025
މުނިފޫހިފިލުވުން

ބޮލީވުޑަށް އެނބުރި އެބަ އަންނަން: ބިޕާޝާ

ކުރިއެކޭ އެއްގޮތަށް ބޮލީވުޑަށް ނުކުމެ ފިލްމީ މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށް ބަތަލާ ބިޕާޝާ ބާސޫ ބުނެފި އެެވެ.

ދެހާހުގެ ކުރީކޮޅު ބޮލީވުޑަށް ނުކުމެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 47 އަހަރުގެ ބަތަލާ ފިލްމީ ގިިއާން އަށް ދިން އިންޓަވިއުއެއްފައި ބުނީ އޭނަ އަށް ދުވަހަކު ވެސް ބޮލީވުޑާ ދުރު ނުވެވޭނެ ކަމަަށާއި އެ އިންޑަސްޓްރީގެ މީހުން ވެސް އޭނަ ބޭނުން ވާނެ ކަމަށެވެ.

"އެހެންވީމަ އެނބުރި އަންނަން މިހާރު ނިންމައިފިން." އިތުރު ތަފުސީލަކަށް ނުގޮސް ބިޕާޝާ ބުންޏެވެ.

އޭނަ ފިލްމު ކުޅުމާ ދުރުވީ 2016 ހައި އެކްޓަރު ކަރަން ސިންގް ގްރޯވާއާ ކައިވެނި ކުރުމަށް ފަހު އެވެ. ބިޕާޝާ އެންމެ ފަހުން ކުޅުނު ފލްމަކީ ކައިވެނީގެ ކުރިން ކަރަންއާ އެކު ކުޅުނު 2015 ގެ "އެލޯން" އެވެ. އޭގެ ފަހުން އޭނަ 2020 ގައި ކަރަންއާ އެކު "ޑޭންޖަރަސް" ކިޔާ ވެބް ސީރީޒަކުން ފެނިފައިވެ އެވެ.

އޭމނަ ބުނި ގލތުގައި ބޮލީވުޑަށް އެނބުރި އައުމާ މެދު ވިސްނާތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އަދި ދަރިފުޅަށް މިހާރު ތިން އަހަރު ފުރޭތީ، މި ވަގުތަކީ އަލުން މަސައްތަށް އެނބޔުރި ނުކުންނަންވީ ވަގުތު ކަމަށް ގަބޫލިކުރާ ކަމަށް ވެސް ބުންޏެވެ.

"ދަރިފުޅު މިހާރު ބޮޑުވެއްޖެ. އެހެންވީމަ ދެން އަހަރެން މަސައްކަތަށް ނުކުންނަންވީ ވަގުތު މިއީ." ބިޕާޝާ ބުންޏެވެ.

އޭނަގެ ބޮލީވުޑްގެ ދަތުރުބެ ފެށުމަކީ 2001 ގެ ކާމިޔާބު ފިލްމު "އަޖުނަބީ" އެވެ. ބިޕާޝާގެ ކެރިއަރުގެ އެންމެ ފާގަކޮށްލެވޭ ފިލްމުތަކަކީ "ޖިސްމު"، "ރާޒް"، "ދޫމް 2". "ނޯ އެންޓްރީ"، "އޯމްކާރާ" އަދި "ރޭސް" އެވެ.