ރެލީއެެއްގެ ތެރޭގައި ކޮލަމްބިއާގެ ރިޔާސީ ކެންޑިޑޭޓެއްގެ ބޮލަށް ބަޑި ޖަހައި ޒަހަމްކޮށްލައިފި އެވެ.
މީޑިއާތަކުން ބުނީ އެ ގައުމުގައި އަންނަ އަހަރުގެ އޮކްޓޯބަރު ގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޑުންގެ ތެރޭގައި ހިމެނޭ މިގްއެލް އުރީބް، ޓާބޭ، 39، ގެ ބޮލަށް ބަޑިޖެހީ ވެރިރަށް ބޮގޯޓާގެ ޕާކެއްގައި ރޭ ސަޕޯޓަރުންތަކަލާ އެކި ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް ކަމަށެވެ. އޭނަގެ ގަޔަށް ތިން ފަހަރެއްގެ މަތިން ބަޑި ޖެހި އިރު، ދެ ފަހަރު ވަޒަން އެފީ ބޮލަށެވެ.
މި ހާދިސާގައި އަށް މިގްއެލް އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން އަންނަ އިރު ހާލު ވަރަށް ސީރިއަސް ކަމަށް އަނބިކަނބަލުން މަރާޔާ ކްލައުޑިއާ ޓަރަޒޯނާއާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.
މިގްއެލް އަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް މިކަން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިގްއެލް އަށް ދިނމް ހަަމަލާ ކުށްވެރިކޮށް އޭނަ ނިސްބަތްވާ ޕާޓީ، ސެންޓްރޯ ޑިމޮކްރެޓިކޯ އިން ބުނީ މިއީ ސިޔާސީ ލީޑަރުންނަށް އޮތް ނުރައްކާ ހާމަކޮށް ދިން ހާދިސާއެއް ކަމަށެވެ. އަދި މިއީ ކޮލްމްބިއާގެ މިނިވަންކަމާއި ޑިމޮކްރަސީ އަށް ދިން ހަމަލާއެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.
ކޮލަމްބިއާގެ ނުފޫޒު ގަދަ ސިޔާސީ އާއިލާއަކަށް ނިސްވަތްވާ މިގްއެލް އަށް ދިން ހަމަލާ އެ ގައުމުގެގެ ރައީސް ގަސްޓާވޯ ޕެޑްރޯ ވެސް ހަރުކަށި އިބާރާތަކުން ކުށްވެރިކޮށް ކުރައްވާފައިވެ އެވެ.