ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޕީއެންސީގެ މެންބަރު މުހައްމަދު ފަޒީލް ޖޫރިމަނާކޮށްފި އެވެ.
އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނަ ވަގަށް ސިނގިރެޓް އެތެރެކުރީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އެއީ ފަސް ކާޓޫނެވެ.
ނަމަވެސް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.
ދިވެހިން ދުންފަތާ ދުރުކުރަން ސަރުކާރުން އަޅަން ފިޔަވަޅު ފެށި ފިޔަވަޅުތަކުގެ ދަށުން ސިނގިރެޓުން ނަގާ ޑިއުޓީ މި އަހަރުގެ ކުރީކޮޅުން ފެށިގެން ބޮޑު ކުރުމާ އެކު، ވަގަށް ސިނގިރެޓް އެތެރެކުރާ މައްސަލަތައް ދޭތެރެ ދޭތެރެ އިން ދަނީ ފެންމަތިވަމުންނެވެ.
އެގޮތުން ދާދި ފަހުން ޕީއެންސީ އަށް ނިސްބަތްވާ މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރަކު ވެސް ވަގަށް ސިނގިރޭޓް އެތެރެ މައްސަލައެެއް ފަޅާއެރި އެވެ.