މާލެ އިން ސައިކަލެއް ވަގަށް ނެގި މައްސަލައެެއްގައި އައްޑޫ ހިތަދޫ މީހަކު ހައްޔަރުކޮށްފި އެެވެ.
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ބަންދަށް 15 ދުވަސް ވެސް ޖެހީ ހިތަދޫ، ތޫނުފިލިގޭ މުޙައްމަދު ޝަފީޢު، 42، ގެ މައްޗަށެވެ.
އޭނަގެ ބަންދު އަމުރުގައިވާ ގޮތުން ޝަފީއު ސައިކަލު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެ އެވެ. އަދި އޭނަ ހައްޔަރުކުރީ ހުކުރު ދުވަހު އެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން
ޝަރީއަތުގައި ޝަފީއު ބުނީ ދުއްވީ ރައްޓެއްސަކު ދިން ސައިކަލެއް ކަމަށާއި އެއީ ވަގަށް ނަގައިފައިވާ އެއްޗެއްކަން ނޭނގޭ ކަމަށެވެ.
ނަމަވެސް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) އާ ހަވާލާދީ، ބަންދު އަމުރުގައި ވަނީ، ރައްޓެއްސަކު ދިން ސައިކަލެއް ކަމަށް ބުނި ނަމަވެސް، އެ ރައްޓެއްސަކީ ކާކުކަމާއި، އޭނާއާ ގުޅޭނެ ގޮތެއް ޝަފީއު އަށް ބުނެދެވިފަ އިނުވާ ކަމަށެވެ.
އަދި މިދިޔަ މަހުގައި ވެސް ވަގަށް ނެގި ސައިކަލެއް ދުއްވަނިކޮށް ޝަފީޢު ހައްޔަރު ކުރިކަން އައިއޯގައި ފާހަގަކޮށްފައިވެ އެވެެ.