ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ބައްލަވާލައިފި އެވެ.
ޝަހީމާއި ޢަލީ މި ވަގުތު މައްކާގައި ތިއްބެވި މިނިސްޓަރުންހެ ޓީމުން މިނާ ޓެންޓަށް ޒިޔާރަތް ކުރެއްވީ ރޭގަ އެވެ. އެ ޓީމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފް ހިމެނޮވަޑައިގަނެ އެވެ.
އެ ޒިޔާރަތުގައި އެ ޓީމުން ޙައްޖުވެރިންނާއި ޙައްޖު ކޯޕަރޭޝަން އަދި މުޠައްވިފްގެ ބޭފުޅުންނާ ބައްދަލު ކުރެއްވި އެވެ.
މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ 1،000 ޙައްޖުވެރިން، ޢަރަފާތާއި މުޛްދަލިފާގެ ރުކުން ފުރިހަމަ ކުރުމަށް ފަހު ބޮޑު ޖަމްރާއަށް ހިލައުކާ އިޙްރާމް ކަނޑާފައިވާކަން ފާހަގަކޮށްލެވެ އެވެ. އަދި މިވަގުތު ހުރިހާ ޙައްޖުވެރިން ވެސް ތިބީ މިނާ ފޭލިގެތަކުގަ އެވެ.
ރައީސްގެ ދެ ކަނބަލުން ވެސް ތިއްބެވީ ހައްޖުގެ އަޅުކަމަށް ސައުދީގަ އެވެ.