ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ބާބިލް ޚާނާއި އަލާޔާ ފަރްނީޗަރްވާލާ އެކީގައި ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.
ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު/ސްކްރީން ރައިޓަރު ބޮދާޔަން ރޯއިޗައުދަރީ ލިޔާ ސްކްރީންޕްލޭއަކަށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. އޭނަ އަކީ "ސެކްޝަން 36" ގެ ސްކްރީން ރައިޓަރުގެ އިތުރުން "ތަލާކޯ މޭ އޭކް" ވެސް ޑައިރެކްޓަރެވެ.
ނަމަވެސް ކްރައިމް ތުރިލާއެއްގެ ގޮތުގައި ބާބިލް އާއި އަލާޔާ ހިމަނައިގެން ހަދަން ނިންމާފައިވާ ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ނުލިބެ އެވެ.
ބާބިލް އަކީ ކުރީގެ އެކްޓަރު އިރުފާން ޚާން ދަރިއެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ދާދި ފަހުން ޒީ5 އިން ގެނެސްދިން "ލޮގްއައުޓް" އެވެ. ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިފުޅު އަލާޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ސްރީކާންތު އެވެ.