Last Updated: June 10, 11:43
Tuesday, June 10, 2025
ޚަބަރު

އައްޑު އާއި ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހޭނެ

ރެއިން ފެށިގެން ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ގޯސްވެފައިވާ އިރު، އައްޑު އާއި ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

ހެނދުނު 11:30 އާ ހަމައަށް ވެސް އެންމެ ދެކުނުގެ އަތޮޅުތަކަށް އޮތީ އެ އެލާޓް ނެރެފަ އެވެ. ނަމަވެސް މެޓް އޮފީހުން ފަހުން ނެރުނު ވައިޓް އެލާޓްގައި ބުނީ މެންދުރު ފަހު 1:30 އިން ފެށިގެ އިރާކޮޅު 6:30 އާ ހަމައަށް އައްޑު އާއި ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އެގޮތުން ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި ވިލާގަނޑުގައި ގަޑިއަކު 19-24 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރެއިން ފެށިގެން އައްޑު އަށް ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ހުޅުމީދުއަށެވެ. އެގޮތުން 36 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ ގަމަށެވެ. އެއީ 23 މިލިމީޓަރުގެ ވާރެ އެވެ.