އައްޑޫގައި އިއްޔެ ފަތިހު ކުއްލި ގޮތަކަށް މަރުވި ޒުވާނާގެ ޖަނާޒާ މިރޭ ބާއްވަން ނިންމައިފި އެވެ.
އެއީ ވެމްކޯގައި ވަޒީފާ އަދާކުރަމުން އައި ހތަދޫ ސަހަރާގޭ އިބްރާހީމް ހަސަންދީދީ، 27، އެވެ.
އޭނަގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު ހިތަދޫ މަސްޖިދު ތަގްވާ ހުސަން މޫސާ މިސްކިތް) އެވެ.
އަމީންގެ މަރުގެ މައްސަލަ އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާތީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ބުނެފައިވެ އެވެ. އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.
މަރުވެފައިވާ ޒުވާނަކު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އަށް ގެންދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހެނދުނު 6:00 ގަ އެވެ.