Last Updated: June 12, 16:53
Thursday, June 12, 2025
ރިޕޯޓް

ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވާށެވެ.

ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވުމަކީ މަތިވެރި އަޅުކަމެކެވެ. އެ ބޭފުޅުންގެ ދަރުސްތަކުގެ ސަބަބުން އީމާންކަން އިތުރުވެ އެވެ. އަދި ޞާލިޙުންނާ އެއް މަޖުލިސްކުރެ އެވެ. އެބޭފުޅުންގެ މޫނުތަކުން ފެނިގެން ދަނީ ﷲ އަށް ބިރުވެތިވުމުގެ އަލާމަތެވެ. އަދި އުންމަތަށް ނަޞީޙަތްތެރިވާތަނެވެ. ޢިލްމުވެރިންގެ މަޖުލިސްތަކަށް ޙާޟިރުވުމުން ނިކަމެތިންނަށް އޯގާތެރިވުމަށާއި ފަޤީރުންނަށް ހެޔޮފޯރުކޮށް ދިނުން ދަސްވެއެވެ.

އެ ބޭފުޅުންގެ ދަރުސްތަކުން ފެނިގެން ދަނީ ޢިލްމުވެރިންގެ ގޮތެވެ. އަދި ބަސްފުޅުގައިވާ ތެދުވެރިކަމެވެ. އަދި އެ ބޭފުޅުންގެ ގުނަވަންތަކުން ފެނިގެން ދަނީ އުޅުމުގެ ރިވެތިކަމާއި އަޅުކަންކުރާކަމުގެ ޢަލާމާތްތަކެވެ.

އެ ބޭފުޅުންނަކީ އަބަދުވެސް ވަޤުތަށް ރައްކާތެރިވާ ބައެކެވެ. އަދި މުޢާމަލާތް ކުރުމުގައި ރިވެތި ބައެކެވެ. ދުވަސްވީ މީހުންގެ ކެތްތެރިކަމާއި ބުއްދިވެރިންގެ ޙިކުމަތްތެރިކަންވެ އެވެ.

އެބޭފުޅުންގެ އެކުވެރިންނާއެކު ފެނިގެން ދަނީ ވަފާތެރިކަމާއި ލޯތްބާއި ކުލުނެވެ. އަދި ބީރައްޓެހިންނަށް މެހެމާންދާރީ އަދާކުރެ އެވެ. އެބޭކަލުންނާ އެއް މަޖުލިސްކުރުމުން ސަލަފުންގެ ފާހަގަކޮށްލެވޭ ޝަޚްސިއްޔަތުތައް ހަނދުމަވެ އެވެ. އެބޭފުޅުން އަބަދުވެ ތިއްބަވަނީ އާޚިރަތަށް ގަދައަޅާ މަސައްކަތް ކުރުމުގަ އެވެ.

އެބޭފުޅުންގެ ދަރުސްތަކުން، ފަށައިގަންނަ ކުދިންނަށް ލިބިގެން ދަނީ ފޮތްތަކުގައިވާ އެންމެ މުހިންމު ވާހަކަތަކެވެ. އެބޭފުޅުން ހިތުދަސްކޮށްފައިވަނީ އެބޭފުޅުން ކިޔާފައިވާ އެންމެ މުހިންމު ވާހަކަތަކެވެ. އަދި އެބޭފުޅުން އެފާޅުކުރައްވަނީ ދަސްކުރައްވާފައިވާ އެންމެ ފާހަގަކޮށްލެވޭ ވާހަކަތަކެވެ. އެ ބޭފުޅުންގެ މަޖުލިސްތަކުގައި ކުރިއަށްދަނީ ފޮތްތަކުގެ އެންމެ ފުނުގައިވާ ލަފްޒުތައް އިޞްލާޙުކޮށް ދެއްވުމެވެ. އަދި އެބޭފުޅުން ކިޔުއްވާފައިވާ އެންމެ ހެޔޮ ވާހަކަތަކަށް އިރުޝާދުދެއްވުމެވެ. އަދި އެބޭފުޅުން ހިތުދަސްކޮށްފައިވާ އެއްޗެއްގެ ޚުލާޞާ ކިޔައިދިނުމެވެ. އެބޭފުޅުންނާ ގާތްވުމުން ތޫނުފިލި ޢިލްމުވެރިންގެ ފޮޅުވަތްތަކުގައިވާ ވާހަކަތައް ސާފުވެގެންދެއެވެ. އެބޭފުޅުންގެ ދަރުސްތަކުގައިވަނީ ހެޔޮކަންތައް ފެތުރުމާއި މޭވާ ކެނޑުމެވެ.

ފަހެ އެބޭފުޅުންނާއި އެބޭފުޅުންގެ ދަރުސްތަކާ އެންމެ ގާތްމީހަކަށް ތިބާވާށެވެ. އޭރުން ތިބާ އަށް ވެސް އެބޭފުޅުންގެ ޢިލްމާއި ޚުލުޤުގެ އާރުން ފައިދާ ލިބިގެންދާނެ އެވެ.