Last Updated: June 12, 16:46
Thursday, June 12, 2025
ޚަބަރު

ޅ. އަތޮޅު ހޮސްޕިޓަލުން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ

ޅ. އަތޮޅު ހޮސްޕިޓަލުން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލާއި އެތަނުގެ ދަށުން ހިންގަމުން އަންނަ ޅ. އަތޮޅުގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ހޯދާ މުވައްޒަފުންގެ ތެރޭގައި ދިވެހި ޑޮކްޓަރުންނާއި ލެބޯޓްރީ ޓެކްނިޝަނުންނާއި ނަރުހުންނާއި ރޭޑިއޯލޮޖިކް ޓެކްނޮލޮޖިސްޓް/ރޭޑިއޯލޮޖިކް ޓެކްނީޝަނުންނާއި ސްޕީޗް -ލޭންގުއޭޖް ޕެތޮލޮޖިސްޓުން ހިމެނެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ހޯދާ ސްޕެޝަލިސްޓުންގެ ތެރޭގައި ހަތް ދާއިރާއަކުން 12 ދިވެހި ޑޮކްޓަރުންނާއި 43 ސީނިއާ މެޑިކަލް އޮފިސަރުންނާއި/މެޑިކަލް އޮފިސަރުންނާއި 34 ސީނިއާ ޑެންޓަލް އޮފިސަރުން/ޑެންޓަލް އޮފިސަރުންނާއި 39 ނަރުހުންނާއި 31 މެޑިކަލް ލެބޯޓްރީ ޓެކްނީޝަން މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓް/ ސީނިއާ މެޑިކަލް ލެބޯޓްރީ ޓެކްނީޝަން/ މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންގެ އިތުރުން އެއް ސްޕީޗް ލެންގްއޭޖް ޕެތޮލޮޖިސްޓް ހިމެނެ އެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16-23 އާ ދޭތެރޭގަ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6620150 އިން ހޯދޭނެ އެވެ.