Last Updated: June 12, 16:53
Thursday, June 12, 2025
މުނިފޫހިފިލުވުން

އައްޑޫ އީދު ޝޯ މިރޭ

އަނުޝްކާއާ އެކު އައްޑޫ މޭޔަރު އަލީ ނިޒާރު ސެލްފީއެއް ނަގަނީ.

އައްޑޫގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރަން "އައްޑޫ އީދި ސަމާ" ގެ ނަމުގައ ފެށި ހަރަކާތްތަތަކުގެ އެންމެ ފަހު ކަމެއްގެ ގޮތުން ބާއްވާ މިއުޒިކް ޝޯ މިރޭ އޮންނާނެ އެވެ.

މިރޭގެ މި ޝޯ އޮންނާނީ ސްޓޭޖް ސަރަހައްދުގަ އެވެ. ޝޯ ފަށަން ހަމަޖެހިފައި ވަނީ 8:00 ގަ އެވެ.

ގިނަ ފަންނާނުންތަކެއް ޕަފޯމަންސްތަކެއް ފެނިގެންދާނެ ޝޯގައި އިންޑިއާގެ ޒުވާން ދެ ލަވަކިޔުންތެރިޔަކު ވެސް ބައިވެރިވާނެ އެވެ. އެއީ ސޮނީ ޓީީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 13 ކާމިޔާބުކުރި ރިޝީ ސިންގް އާއި "އިންޑިއަން އައިޑޮލް" ސީޒަން 12 ގައި ވާދަކުރި އަނުޝްކާ ބެނަޖީ އެވެ.

މި ފަންނާނުން މިހާރު ވަނީ އައްޑު އައިސްފަ އެވެ.

މިރޭގެ އައްޑޫ އީދު ޝޯގައި ރާއްޖޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ "ޓްރެފިކް ޖޭމް" އިން ވެސް ޕަފޯމްކުރާނެ އެވެ.