Last Updated: June 12, 17:05
Thursday, June 12, 2025
ޚަބަރު

ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ހިޔާލު ހޯދަނީ

ޑިޖިޓަލް އައިޑެންޓިޓީ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހޯމްލޭންޑް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ ބިލަށްހިޔާލު ހުށަހެޅުމގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައި ވަނީ މި މަހުގެ 15 އާ ހަމައަށެވެ.

ޑިޖިޓަލް އައިޑެންޓިޓީ ބިލަކީ ސަރުކާރުން "މޯލްޑިވްސް 2.0" ގެ ނަމުގައި ފަށާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫއަކީ ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ ޑިޖިޓަލް އައިޑެންޓިﷲީ ބިލާ ގުޅޭ ގޮތުން ލިބޭ ހުރިހާ ހިޔާލެއް އާންމު ކުރާނެ ކަމަށެވެ
.